ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އާ ގުޅޭގޮތުން ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓުންގެ މެދުގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކޮށްލުމުގެގޮތުން، ފ. ޖުޑީޝަލް ދާއިރާއާއި ދ. ޖުޑީޝަލް ދާއިރާގައި މަސައްކަތްކުރައްވާ މެޖިސްޓްރޭޓުންނަށް އަމާޒުކޮށްގެން ވޯކްޝޮޕެއް ބާއްވައިފިއެވެ.
09-08-2018
ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އާ ގުޅޭގޮތުން ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓުންގެ މެދުގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކޮށްލުމުގެގޮތުން، ފ. ޖުޑީޝަލް ދާއިރާއާއި ދ. ޖުޑީޝަލް ދާއިރާގައި މަސައްކަތްކުރައްވާ މެޖިސްޓްރޭޓުންނަށް އަމާޒުކޮށްގެން ވޯކްޝޮޕެއް ބާއްވައިފިއެވެ.
2017 އޮގަސްޓް 24 އިން 26 އަށް ކުރިއަށް ގެންދެވުނު މި ވޯކްޝޮޕް ބާއްވާފައިވަނީ ފ. ނިލަންދޫގައެވެ.
ފ އަދި ދ ޖުޑީޝަލް ދާއިރާތަކުގައި މަސައްކަތްކުރައްވާ ހުރިހާ މެޖިސްޓްރޭޓުންނާއި ލީގަލް އޮފިސަރުން ބައިވެރިވެލެއްވި މި ވޯކްޝޮޕް ފެސިލިޓޭޓް ކޮށްދެއްވީ، ޑްރަގް ކޯޓް ހިންގެވުމާ ޙަވާލުވެހުންނެވި ޤާޟީ އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލްޙަމީދެވެ.
ޝަރުޢީ ދާއިރާގައި މެދުކެނޑުމެއް ނެތި 37 އަހަރަށް ވުރެ ގިނަދުވަހު ޚިދުމަތްކުރައްވާފައިވާ ބ.ކުޑަރިކިލު މިރާޒް، އަލްފާޟިލް މުހައްމަދު ރާޟީ ވަޒީފާއިން މުސްކުޅިކުރައްވައިފިއެވެ. މުސްކުޅިކުރެއްވި އިރު އޭނާ ހުންނެވީ ބ.ކުޑަރިކިލު މެޖިސްޓްރޭޓް ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމުގައެވެ.
09-08-2018
ޝަރުޢީ ދާއިރާގައި މެދުކެނޑުމެއް ނެތި 37 އަހަރަށް ވުރެ ގިނަދުވަހު ޚިދުމަތްކުރައްވާފައިވާ ބ.ކުޑަރިކިލު މިރާޒް، އަލްފާޟިލް މުހައްމަދު ރާޟީ ވަޒީފާއިން މުސްކުޅިކުރައްވައިފިއެވެ. މުސްކުޅިކުރެއްވި އިރު އޭނާ ހުންނެވީ ބ.ކުޑަރިކިލު މެޖިސްޓްރޭޓް ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމުގައެވެ.
އަލްފާޟިލް މުޙައްމަދު ރާޟީ ޝަރުޢީ ދާއިރާއާ ގުޅިވަޑައިގެންނެވީ، 1979 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު، ބ. ކުޑަރިކިލު ކޯޓުގެ މަސައްކަތު މީހެއްގެ މަޤާމަށެވެ. އެއަށް ފަހު، އެ ކޯޓުގެ ކްލާރކް އެއްގެ މަޤާމާއި، އެސިސްޓެންޓް ސެކްރެޓަރީ އަދި ސެކްރެޓަރީގެ މަޤާމު އަދާކުރައްވާފައިވެއެވެ.
ޝަރުޢީ ދާއިރާގައި ހޭދަކުރެއްވި ދިގު މުއްދަތުގައި، އަލްފާޟިލް މުޙައްމަދު ރާޟީ ވަނީ ޝަރުޢީ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވެއެވެ.
އަލްފާޟިލް މުޙައްމަދު ރާޟީ ފާހަގަކުރެވިފައި ވަނީ ތެދުވެރިކަމާއި ވަފާތެރިކަމާއެކު ޝަރުޢީ ދާއިރާއަށް ޚިދުމަތްކުރެއްވި ނަމޫނާ މުވައްޒަފެއްގެ ގޮތުގައެވެ.
އަލްފާޟިލް މުޙައްމަދު ރާޟީ ޝަރުޢީ ދާއިރާގެ ޚިދުމަތުން ވަކިވެވަޑައިގަތުމަކީ ޝަރުޢީ ދާއިރާއަށް، ވަކިން ޚާއްޞަކޮށް ބ.ކުޑަރިކިލު މެޖިސްޓްރޭޓް ކޯޓަށް ލިބުނު ވަރަށްބޮޑު ހުސްކަމެކެވެ.
ޝަރުޢީ ދާއިރާގެ ޚިދުމަތުގައި ހޭދަވި ދިގު މުއްދަތުގައި، އަލްފާޟިލް މުޙައްމަދު ރާޟީ ޝަރުޢީ ދާޢިރާއަށް ކޮށްދެއްވި މަސައްކަތުގެ އަގު ވަޒަންކުރައްވައި، އަލްފާޟިލް މުޙައްމަދު ރާޟީ، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ޝުކުރު އަދާކުރައްވައެވެ.
ލ. އަތޮޅަކީ ރައްޔިތުންނަށް ރައްކާތެރި އަމާން ތަނަކަށް ހެދުމުގެ މަޤުޞަދުގައި، "ހައްދުންމަތި ރައްކާތެރި އަމާން މުޖުތަމަޢަކަށް، މުއައްސަސާތައް ގުޅިގެން" މި ނަމުގައި ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓާއި ލ. އަތޮޅު ކައުންސިލް އިދާރާއިން އިސްނަންގަވައިގެން، ލ.އަތޮޅުގައި ހުރި އެހެނިހެން މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދާ އެއް ދުވަހުގެ ސެމިނަރ ލ. ފޮނަދޫ ރީޖަނަލް ހޮސްޕިޓަލްގެ "ގުރަހަ" މާލަމުގައި ފެށިގެން ކުރިއަށް އެބަދެއެވެ.
09-08-2018
ލ. އަތޮޅަކީ ރައްޔިތުންނަށް ރައްކާތެރި އަމާން ތަނަކަށް ހެދުމުގެ މަޤުޞަދުގައި، "ހައްދުންމަތި ރައްކާތެރި އަމާން މުޖުތަމަޢަކަށް، މުއައްސަސާތައް ގުޅިގެން" މި ނަމުގައި ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓާއި ލ. އަތޮޅު ކައުންސިލް އިދާރާއިން އިސްނަންގަވައިގެން، ލ.އަތޮޅުގައި ހުރި އެހެނިހެން މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދާ އެއް ދުވަހުގެ ސެމިނަރ ލ. ފޮނަދޫ ރީޖަނަލް ހޮސްޕިޓަލްގެ "ގުރަހަ" މާލަމުގައި ފެށިގެން ކުރިއަށް އެބަދެއެވެ.
މި ސެމިނަރ ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ، މުއައްސަސާތަކުން ޕްރެޒެންޓޭޝަންތައް ހުށަހެޅުމާއެކު، އެ ޕްރެޒެންޓޭޝަންތަކުގައި ހިމެނޭ ކަންކަމާމެދު ބައިވެރިންގެ މެދުގައި މަޝްވަރާކުރުމަށް ހުޅުވައިލެވޭ ސެޝަންތަކެއްގެ ގޮތުގައެވެ. މުޅި ހައްދުންމައްޗަކީ ރައްޔިތުންނަށް އަމާން ވެއްޓަކަށް ހެދުމަށްޓަކައި ހައްދުންމަތީގައި ހުރި ހުރިހާ މުއައްސަސާތަކެއް ގުޅިގެން ކުރެވިދާނެ ކަންތައްތައް ދެނެގަތުމަށްޓަކައި ބައިވެރިންގެ ޚިޔާލާއި މަޝްވަރާ ބަދަލުކުރުންވެސް މި ސެމިނަރގެ ތެރޭގައި ކުރިއަށް ގެންދެވޭނެއެވެ.
ލ.އަތޮޅު ކައުންސިލްގެ އެކްޝަން ޕްލޭންގައި ހިމަނައިގެން، ކުރިއަށް އޮތް އަހަރުތަކުގައި މުޅި އަތޮޅުގައި ހިންގުމަށް ރާވާފައިވާ މި ޕްރޮގްރާމްގެ ފެށުމެއްގެ ގޮތުން މިއަދު ބާއްވާ ފުރަތަމަ ސެމިނަރގައި، ލ. ފޮނަދޫ ކައުންސިލްގެ އިދާރާއާއި، ލ. އަތޮޅު ތަޢުލީމީ މަރުކަޒާއި، ޕަބްލިކް ވޯރކްސް ސަރވިސް ފޮނަދޫ ސައިޓް އާއި، ލ. ފޮނަދޫ ޞިއްޙީ މަރުކަޒާއި، މ. ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރ އާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ލ. ފޮނަދޫ ބްރާންޗް އާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ލ. ރީޖަނަލް ބްރާންޗް އާއި، ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް އާއި، ކައްދޫ ސެންޓްރަލް އޭރިޔާ އާއި، މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އާއި، ލ.ގަން-ފޮނަދޫ ޕޮލިސް ސްޓޭޝަން އާއި، ލ. ގަމު ކައުންސިލްގެ އިދާރާ އާއި، ލ. ގަމު ރީޖަނަލް ހޮސްޕިޓަލް އާއި، އިހައްދޫ ސްކޫލް އާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ލ.ގޮފި އާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) ލ.ފޮނަދޫ ބްރާންޗް އާއި، ލ. ފޮނަދޫ ޔޫތު ސެންޓަރ އާއި، ލ. ގަމު ކަސްޓަމްސް ޕޯސްޓް އާއި، ކްރިމިނަލް ކޯޓާއި، ޖުވެނައިލް ކޯޓުގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިސް ބައެއް ވެރިން ބައިވެރިވެލައްވައެވެ.
މިއުޞޫލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ 156ވަނަ މާއްދާގެ ދަށުން ކޯޓަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުން،ކޮވިޑް-19 ފެތުރުން ކުޑަކުރުމަށްޓަކައި ސަރުކާރުގެ އޮފީސްތައް ނުހުޅުވާ މުއްދަތުގެ ތެރޭގައިކޯޓުގެ މަސައްކަތްތަކުގެ ތެރެއިން މަދަނީ އަދި ޢާއިލީ ޝަރީޢަތްތަކާއި ކައިވެންޏާއި ވަރީގެ މައްސަލަތައް އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށް ގެންދިއުމަށްޓަކައި ހަދާފައިވާއުޞޫލެކެވެ
ތާރީހް: 19-05-2020
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ މެޖިސްޓްރޭޓް ކޯޓް
ދިއްދޫ
ދިވެހިރާއްޖެ
ނަންބަރ: A110MC/2020/01
ހއ.އަތޮޅުގެ މެޖިސްޓްރޭޓްކޯޓްތަކުގައި މަދަނީ އަދި ޢާއިލީ ޝަރީޢަތްތަކާއި ކައިވެންޏާއި ވަރީގެ މައްސަލަތައް އޯޑިއޯ/ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދިއުމުގެ އުޞޫލު
ތަޢާރަފާއި ނަން | 1. | (ހ) | މިއުޞޫލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ 156ވަނަ މާއްދާގެ ދަށުން ކޯޓަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުން،ކޮވިޑް-19 ފެތުރުން ކުޑަކުރުމަށްޓަކައި ސަރުކާރުގެ އޮފީސްތައް ނުހުޅުވާ މުއްދަތުގެ ތެރޭގައިކޯޓުގެ މަސައްކަތްތަކުގެ ތެރެއިން މަދަނީ އަދި ޢާއިލީ ޝަރީޢަތްތަކާއި ކައިވެންޏާއި ވަރީގެ މައްސަލަތައް އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށް ގެންދިއުމަށްޓަކައި ހަދާފައިވާއުޞޫލެކެވެ | ||||
| (ށ) | މި އުޞޫލަށް ކިޔާނީ، ހއ.އަތޮޅުގެ މެޖިސްޓްރޭޓް ކޯޓްތަކުގައި މަދަނީ އަދި ޢާއިލީ ޝަރީޢަތްތަކާއި ކައިވެންޏާއި ވަރީގެ މައްސަލަތައް އޯޑިއޯ/ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދިއުމުގެ އުޞޫލު" މިހެންނެވެ. | |||||
| |||||||
މަޤްޞަދު | 2. | މި އުޞޫލުގެ މަޤްޞަދަކީ، ކޮވިޑް-19އާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ނުހުޅުވާ މުއްދަތުގެ ތެރޭގައިޢަދުލު އިންޞާފު ޤާއިމުކުރުމުގެ ޚިދުމަތް މެދު ނުކެނޑޭކަން ކަށަވަރު ކުރުމާއި އަދި އަދުލު އިންޞާފު ޤާއިމު ކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މުވައްޒަފުންނަށާއި ޚިދުމަތް ހޯދާ ފަރާތްތަކަށް ވީހާވެސް ރައްކާތެރި އަދި ޚަރަދު ކުޑަ ގޮތްތަކެއް ތަޢާރުފު ކުރުމެވެ. | |||||
| |||||||
އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ | 3. | (ހ) | އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ އަކީ، އަޑު ނުވަތަ އަޑާއި މަންޒަރު ލިބޭގޮތަށް ގުޅާ ލެވިފައިވާ ވިއުގައެއް މެދުވެރިކޮށް ދެ ކޯޓެއްގެ ދެމެދުގައި، ނުވަތަ ކޯޓާއި ކޯޓުން ޤަބޫލުކުރާ ތަނަކާއި ނުވަތަ ފަރާތްތަކަކާއި ދެމެދުގައި ކުރެވޭ މުވާޞަލާތެވެ. | ||||
| |||||||
އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ޝަރީޢަތުގެ މަޖިލިސް ކުރިއަށް ގެންދެވޭނެ ޙާލަތްތައް | 4. | (ހ) | އަންނަނިވި ޙާލަތްތަކުގައި، ދަޢުވާ ކުރާފަރާތާއި ދަޢުވާ ލިބޭ ފަރާތުގެ ޙައްޤުތަކަށް އުނިކަމެއް ނާންނާނެ ފަދައިން، އަވަސް ކަމާއެކު ޢަދުލު އިންޞާފު ޤާއިމުކޮށްދިނުމުގެ ގޮތުން، ޝަރީޢަތުގެ މަޖިލިސްތައް އޯޑިއޯ/ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދެވިދާނެއެވެ. | ||||
1. | ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މީހުން ބޭރަށް ނުކުތުން މަނާކުރެވިފައިވާ ހާލަތެއް ކަމާގުޅޭ ދައުލަތުގެ އިދާރާއަކުން ރަށުގައި އިޢުލާނުކޮށްފައިވުން. | ||||||
| 2. | ދަތުރުފަތުރު ކުރުން މަނާވުމުގެ ސަބަބުން، މައްސަލައިގެ ޚަޞްމަކަށް ޝަރީޢަތް އޮތް ކޯޓު ހުރި ރަށަށް ހާޟިރުވެވެން ނެތުން. | |||||
| 3. | ރަށުގެ އެލަރޓް ލެވެލް އޮތް ޙާލަތަށް ބަލާއިރު، މައްސަލައިގެ ޚަޞްމުންނާއި ހެކީން އަދި އެހެނިހެން ފަރާތްތައް ކޯޓަށް ޙާޟިރުކޮށްގެން ޝަރީޢަތް ކުރުމަކީ ރައްކާތެރިކަމެއް ކަމަށް ފަނޑިޔާރަށް ނުފެނުން. | |||||
| 4. | ދަތުރުފަތުރު ކުރުން މަނާވުމުގެ ސަބަބުން ނުވަތަ އެނޫންވެސް މަޤުބޫލު ޢުޛުރަކާހުރެ މައްސަލައިގެ ހެއްކެއް ޙާޟިރު ކުރުމަށް ދަތިވުން. | |||||
(ށ) | ދަތުރުފަތުރު ކުރުން މަނާވުމުގެ ސަބަބުން ނުވަތަ ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރިފައިވާކަމަށް ފެންނަތީ ފަނޑިޔާރު ހުރި ރަށް ނޫން އެހެން ރަށެއްގެ ކޯޓެއްގައި އޮތް މައްސަލައެއް ބެލުމަށް އެރަށަކަށް ފަނޑިޔާރު ދިއުމަކީ ރައްކާތެރިކަމެއް ނޫންކަމަށް މައްސަލަ ބަލާ ފަނޑިޔާރަށް ޤަބޫލު ކުރެވޭނަމަ، އޭނާ ޙަވާލުވެ ހުރި އެހެން ކޯޓެއްގައި އޮތް މައްސަލައެއްގެ ޝަރީޢަތް އޭނާގެ ވަޒީފާ އޮތް ކޯޓުގައި ހުރެގެން، އޯޑިއޯ/ވީޑިއީ ކޮންފަރެންސިންގ މެދުވެރިކޮށް ކުރިއަށް ގެންދެވިދާނެއެވެ. މިގޮތަށް މައްސަލަ ބަލާއިރު، އެމައްސަލަ ކުރިއަށް ގެންދެވޭނީ މައްސަލަ ހުށަހެޅިފައިވާ ކޯޓުގެ ޝަރީޢަތުގެ މަޖިލީހެއްގެ ގޮތުގައެވެ. | ||||||
| |||||||
ކުރިއަށް ގެންދާނެ މައްސަލަތައް | 5. | ކައިވެނިކޮށް ދިނުމުގެ އިތުރުން މަދަނީ އަދި އާޢިލީ މައްސަލަތަކުގެ ތެރެއިން ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާގުޅޭ މައްސަލަތަކާއި، ގެވެށިއަނިޔާއާއި، ވަރި ސާބިތުކުރުމުގެ މައްސަލަތަކާއި، ދަރީންގެ ޚަރަދާއި، ވަގުތީ އަމުރާއި ގުޅޭ މައްސަތަކާއި އަދި މިނޫންވެސް އަވަސް ތަބީޢަތުގެ މައްސަލަތައް މިއުޞޫލުގެ ދަށުން ކުރިއަށް ގެންދެވިދާނެއެވެ. | |||||
| |||||||
އެއް މަޖިލީހެއްގައި ތިބިކަން އިފްތިރާޟް ކުރުން | 6. | (ހ) | ޝަރީޢަތުގެ މަޖިލިސް ކުރިއަށް ގެންދާއިރު، ޝަރީޢަތް ހިންގާ ކޯޓުގެ ޝަރީޢަތުގެ މާލަމާއި، ގުޅިފައިވާ އެހެން ތަންތަނުގައި ތިބޭ މީހުންގެ، އިވުމުގެ ތެރެއިން ނުވަތަ އިވުމާއި ފެނުމުގެ ތެރެއިން ޝަރީޢަތުގެ މާލަމާއި އެހެން ތަންތަނުގައި ހިނގާ ކަންކަން ދާކަމުގައި ވަނީނަމަ، ޝަރީޢަތް ހިންގާ ކޯޓުގެ ޝަރީޢަތުގެ މާލަމާއި ގުޅިފައިވާ އެންމެން އެތިބީ އެއް ޙާޟިރުގައެވެ. އަދި ގުޅިފައިވާ ތަންތަނުގައި ތިބި އެންމެން އެތިބީ މައްސަލަ ހުށަހެޅިފައިވާ ކޯޓުގައި ޝަރީޢަތް ހިންގަން އިންނަ ފަނޑިޔާރުގެ ކުރިމަތީގައެވެ. | ||||
| (ށ) | މިމާއްދާގެ (ހ) ގައިވާ ފަދައިން، ޝަރީޢަތް ހިންގާ މާލަމާއި އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ގުޅާލެވޭ ތަންތަނުގައި ތިބި އެންމެންނަކީ އެއް ޙާޟިރުގައި ތިބި ބައެއްކަމަށް ބަލަންޖެހޭތީ، ޝަރީޢަތް ހިންގުމުގެ ހުރިހާ ޢާންމު އުޞޫލުތަކެއް އެތަންތަނުގައި ތިބޭ މީހުންގެ މައްޗަށްވެސް ހިނގާނެއެވެ. އަދި އެއިން ފަރާތަކުން ކޯޓުގެ ޙުރުމަތް ކެނޑޭފަދަ އެއްވެސް ޢަމަލެއް ކޮށްފިނަމަ، އެފަރާތަކާ މެދު ވަގުތުން ފިޔަވަޅު އެޅުމުގެ އިޚްތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވެއެވެ. | |||||
| |||||||
އަޑުއެހުމަށް ހާޟިރުވާ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތް ކުރުން | 7. | (ހ) | އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ގުޅާލެވިފައިވާ ކޯޓަކަށް ނުވަތަ ކޯޓުން ޤަބޫލުކުރާ ތަނެއްގައި ހުރެ ކޯޓާ ގުޅާލައިގެން ހިންގާ ޝަރީޢަތުގެ މަޖިލީހެއްގައި ހާޟިރުވެތިބޭ އެންމެހާ ފަރާތްތަކުގެ ޙައްޤުތައް ޙިމާޔަތް ކުރުމަށްޓަކައި އަންނަނިވި ކަންކަން ކޯޓުން ކަށަވަރު ކުރަންވާނެއެވެ. | ||||
| 1. | ޙާޟިރުކުރެވެނީ ކޯޓަކަށް ކަމުގައިވާނަމަ، އެ މަޖިލީހުގައި ޙާޟިރުވެއިން ފަރާތަކީ ކާކުކަން އެ މަޖިލީހުގައި އިންނަ ކޯޓުގެ މުވައްޒަފު މެދުވެރިކޮށް ކަށަވަރު ކުރުން. | |||||
| 2. | ޝަރިޢަތުގެ މަޖިލީހުގައި ބައިވެރިވަނީ ކޯޓަކަށް ޙާޟިރު ނުވެ ކަމަށްވާނަމަ، ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތީން އެއީ ކޮންބައެއްކަން ކަށަވަރުކޮށް އެކަން ރިކޯޑުކުރުން. | |||||
| 3. | ޝަރީޢަތުގެ އަޑުއެހުން ފެށުމުގެ ކުރިން މައްސަލާގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ކޮންފަރެންސްގެ އަޑު، ނުވަތަ އަޑާއި މަންޒަރު ސާފުކޮށް ލިބޭކަން ކަށަވަރު ކުރުން. | |||||
| 4. | މައްސަލައާ ގުޅިގެން ޙާޟިރުކުރެވޭ ފަރާތެއްގެ މައްޗަށް އެއްވެސް ފަރާތެއްގެ ބާރެއް ނުފޫޒެއްނެތި މިނިވަންކަމާއެކު ވާހަކަ ދެއްކުމުގެ ފުރުޞަތު ތަނަވަސްކޮށް ދެވިފައިވާކަން ކަށަވަރު ކުރުން. | |||||
| 5. | އޯޑިއޯ/ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތް ހިންގާއިރު، މައްސަލައިގެ ޚަޞްމުންނާއި ވަކީލުން ބައިވެރިވާކަމަށްވެފައި، ޚަޞްމުންނާއި ވަކީލުން ޝަރީޢަތުގެ މަޖިލީހުގައި ބައިވެރިވަނީ ދެ ތަނެއްގައި ތިބެގެން ކަމަށްވާނަމަ، އެ ދެފަރާތުގެ މެދުގައި މަޝްވަރާ ކުރުމުގެ ފުރުޞަތު ލިބިފައިވާކަން ޝަރީޢަތުގެ އަޑުއެހުން ފެށުމުގެ ކުރިން ކަށަވަރުކުރުމާއި ޝަރީޢަތުގެ މެދުތެރެއިންވެސް އެފަދަ ފުރުޞަތަކަށް އެދިއްޖެނަމަ އެފުރުޞަތު ދެވިދާނެކަން އެންގުން. | |||||
| 6. | ޝަރީޢަތް އަޑުއެހުމަށް ޙާޟިރުވާން ބޭނުންވާ ފަރާތްތަކުން ޝަރީޢަތުގެ މަޖިލިސް ބޭއްވުމުގެ 1 ގަޑިއިރު ކުރިން ކޯޓަށް އެކަން އެންގުމުން، ކޯޓުން އެފުރުޞަތު ފަހިކޮށް ދިނުން. | |||||
| |||||||
ޝަރީޢަތާ ގުޅުން ހުރި އެހެނިހެން ކަންކަން | 8. | (ހ) | އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ބާއްވާ ޝަރީޢަތަށް ޙާޟިރު ވުމުގެ އަމުރު، އެ މަޖިލީސް އަޑު އަހަން ވަންނަ މީހުން ފިޔަވައި އެ މަޖިލީހުގައ ބައިވެރިވާންޖެހޭ ހުރިހާ ފަރާތްތަކަށް ފޮނުވަން ވާނެއެވެ. އެއަމުރުގައި ޝަރީޢަތުގެ މަޖިލީހުގައި ބައިވެރިވާންޖެހޭ ގޮތް ލިޔެފައި އޮންނަންވާނެއެވެ. މިއަމުރުގެ ނަމޫނާ ޖަދުވަލު 3 އަދި 4 ގައި އެވަނީއެވެ. | ||||
| (ށ) | ބިސްމީގެ ބަރަކާތުން ޝަރީޢަތުގެ މަޖިލިސް ފެށުމަށްފަހު، އެއީ ކޮން ބާވަތެއްގެ ޝަރީޢަތުގެ މަޖިލީހެއްކަމާއި އަދި އެ މަޖިލީހުގައި އޯޑިއޯ/ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގުޅިފައިވަނީ ކޮންތަންތަނެއްގައި ތިބި ކޮންބައެއްކަން ފަނޑިޔާރު އިޢުލާނު ކުރަންވާނެއެވެ. | |||||
| (ނ) | ޝަރީޢަތުގެ މަޖިލީހުގައި ބައިވެރިވާ ފަރާތްތަކުން އަންނަނިވި ގޮތަށް ޢަމަލު ކުރުމަކީ މަނާކަމެކެވެ. | |||||
| 1. | ޝަރީޢަތް ހިނގަމުން ދަނިކޮށް، މައްސަލަ ބަލާ ފަނޑިޔާރުގެ ހުއްދަނެތި ޝަރީޢަތް ދޫކޮށް ދިއުން. | |||||
| 2. | ޝަރީޢަތް ހިނގަމުންދަނިކޮށް، މައްސަލަ ބަލާ ފަނޑިޔާރުގެ ހުއްދަ ނެތި އިތުރު އެއްވެސް މީހަކު ޝަރީޢަތުގެ މާލަމަށް ނުވަތަ އޭނާ ޙާޟިރުވެ އިންތަނަށް ވެއްދުން. | |||||
| 3. | މައްސަލަ ބަލާ ފަނޑިޔާރުގެ ހުއްދަނެތި އެއްވެސް ވާހަކައެއް ޝަރީޢަތުގެ މަޖިލީހުގައި ދެއްކުން. | |||||
| 4. | މައްސަލަ ބަލާ ފަނޑިޔާރުގެ ހުއްދަނެތި ޝަރީޢަތުގެ މާލަމަށް އެއްވެސް އެއްޗެއް ވެއްދުމާއި މިނޫންވެސް ޝަރީޢަތް ހިންގުމަށް ދަތިވާ ނުވަތަ އުނދަގޫ ވެދާނެ ފަދަ ކަންކަން ކުރުން. | |||||
| 5. | ޝަރީޢަތުގެ މަޖިލީހުގެ އަޑު ނުވަތަ މަންޒަރު ރިކޯޑުކޮށް ފޮޓޯނެގުން. | |||||
| (ރ) | މިމާއްދާގެ (ނ) ގައިވާ ފަދަ ކަމެއް އެއްވެސް މީހަކު ކޮށްފިނަމަ، އެ މީހަކާމެދު ކޯޓުގެ ޙުރުމަތް ކެނޑުމާއިގުޅިގެން އެޅިދާނެ ފިޔަވަޅު އެޅުމުގެ އިތުރުން، އެމީހަކާއެކު އިތުރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތް ކުރިއަށް ނުގެންދިއުމަށް ނިންމުމުގެ އިޚްތިޔާރު މައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެން ވެއެވެ. | |||||
(ބ) | އޯޑިއޯ/ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގުޅާލެވޭ ތަންތަނުގައި މައްސަލަ ބައްލަވާ ފަނޑިޔާރު ހުއްދަދޭ ފަރާތްތަކެއް ފިޔަވައި އިތުރު ފަރާތެއް ހާޟިރުވެ ހުރެގެން ނުވާނެއެވެ. | ||||||
| (ޅ) | ޝަރީޢަތް ކުރިއަށް ދަނިކޮށް، އަޑު ނުވަތަ އަޑާއި މަންޒަރު ނުސާފު ވުމުގެ ސަބަބުން މެދު ކަނޑާލަން ޖެހިއްޖެ ހިނދެއްގައި މެދުކަނޑާލި ހިސާބާހަމައަށް ރިކޯޑު ކުރެވިފައިވާނަމަ، ޝަރީޢަތް ކުރިއަށް ގެންދަންވާނީ މެދުކަނޑާލި ހިސާބުންނެވެ. ނަމަވެސް، ރިކޯޑު ކުރެވިފައި ނުވާނަމަ، ޝަރީޢަތް އަލުން ފަށައިގެން ކުރިއަށް ގެންދިއުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެން ވެއެވެ. | |||||
| |||||||
ހެކިން ޙާޟިރުކުރުމާއި މަޙްޟަރު ބަޔާންތައް ނެގުން | 9. | (ހ) | މި އުޞޫލުގެ ދަށުން ބާއްވާ ޝަރީޢަތުގެ އަޑުއެހުންތަކުގައި އަޑުއެހުން ރެކޯޑް ކުރާނީ ޝަރީޢަތް ހިންގާ ކޯޓުންނެވެ. އަދި އަޑުއެހުމުގައި ނަގާ ބަޔާންތައް ޓައިޕް ކުރާނީވެސް ޝަރީޢަތް ހިންގާ ކޯޓުންނެވެ. | ||||
| (ށ) | މިމާއްދާގެ (ހ) ގައި ބުނެފައިވާ ބަޔާންތަކުގެ ތެރެއިން ހެކީންގެ ބަޔާން ފިޔަވައި އެހެން ބަޔާންތައް، ރިކޯޑިން އަޑުއަހައިގެން އަކުރުން އަކުރަށް ލިޔުމަށްފަހު، އެއީ، ރެކޯޑިންގ އާ އެއްގޮތަށް އަކުރުން އަކުރަށް ލިޔުނު ލިޔުމެއްކަމަށް ލިޔެ، ބަޔާން ލިޔުނު މުވައްޒަފު ސޮއިކޮށް އިނގިލީގެ ނިޝާން ޖަހަންވާނެއެވެ. | |||||
| (ނ) | ހެކީންގެ ބަޔާންތަކުގައި ހެކީންލައްވައި ސޮއި ކުރުމަށްޓަކައި އީމެއިލް ނުވަތަ ކޯޓުން ކަނޑަޅާ އެހެން ވަޞީލަތެއް މެދުވެރިކޮށް، ހެކިވެރިޔާއަށް ފޮނުވަންވާނެއެވެ. އަދި އޭނާ ސޮއިކުރި ބަޔާން ކޯޓުގެ އީމޭލަށް ނުވަތަ ކޯޓުން އަންގާ ގޮތެއްގެ މަތީން ކޯޓަށް ފޮނުވަންވާނެއެވެ. | |||||
| (ރ) | މި އުޞޫލުގެ ދަށުން ހިންގޭ ޝަރީޢަތުގެ މަޖިލިސް ތަކަކީ ޚާއްޞަ ޙާލަތެއްގައި ޚާއްޞަ ގޮތެއްގެ މަތީން ހިންގޭ ޝަރީޢަތްތަކެއް ކަމަށްވާތީ، މިފަދަ ޝަރީޢަތްތަކާއި ގުޅިގެން ހިންގޭ (އީމެއިލް، ވައިބަރ ފަދަ) އެންމެހާ މުޢާމަލާތައް، އަދި އެންމެހާ ބަޔާންތަކާއި އެ ބަޔާންތަކުގައި ސޮއިކުރުމަށްފަހު ކޯޓަށް ފޮނުވަން ބޭނުންކުރި (ސިޓީ އުރަތަކާއި އީމެއިލްގެ ކޮޕީ ފަދަ) ވަޞީލަތްތައް ވަކީން ފައިލްކޮށް ރައްކާކުރަންވާނެއެވެ | |||||
(ބ) | މިއުޞޫލުގެ ދަށުން ބާއްވާ ޝަރީޢަތުގެ މަޖިލިސްތަކާއި ކައިވެނީގެ މަޖިލިސްތައް، އެމަޖިލީހެއް ބާއްވާ މީޑިއަމަކުން ރިކޯޑުކޮށް ރައްކާކުރަންވާނެއެވެ. | ||||||
| (ޅ) | މިއުޞޫލުގެ ދަށުން ހިންގޭ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެވޭ ހެއްކެއްގެ ސިއްރުކަން ކަށަވަރު ކުރަންޖެހޭނަމަ، އެކަމަށް ކޯޓުން ސަމާލުކަން ދޭންވާނެއެވެ | |||||
| |||||||
ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކައިވެނިކޮށް ދިނުން | 10. | (ހ) | އަންނަނިވި ޙާލަތްތަކުން ކުރެ ޙާލަތެއް މެދުވެރި ވެފައިވުމުގެ ސަބަބުން ކޯޓަށް ޙާޟިރުކޮށްގެން ކައިވެނި ކޮށްދެވެން ނެތްކަމަށް ކޯޓާ ޙަވާލުވެހުރި ފަނޑިޔާރަށް ޤަބޫލު ކުރެވޭނަމަ ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކައިވެނިކޮށްދެވިދާނެއެވެ. | ||||
| 1. | ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މީހުން ބޭރަށް ނުކުތުން މަނާކުރެވިފައިވާ ހާލަތެއް ކަމާގުޅޭ އިދާރާއިން ރަށުގައި އިޢުލާނުކޮށްފައިވުން. | |||||
| 2. | ދަތުރުފަތުރު ކުރުން މަނާވުމުގެ ސަބަބުން، ކައިވެނިކުރަން ހުށަހަޅާފައިވާ ފަރާތުންކުރެ ފަރާތަކަށް، ހުށަހަޅާފައިވާ މުއްދަތަށް ރަށަށް ހާޟިރުވެވެން ނެތުން. | |||||
| 3. | ރަށުގެ އެލަރޓް ލެވެލް އޮތް ޙާލަތަށް ބަލާއިރުކައިވެނިގެ މަޖިލީހުގައި ބައިވެރިވާންޖެހޭ ފަރާތްތައް ކޯޓަށް ޙާޟިރުކޮށްގެން ކައިވެނިކޮށްދިނުމަކީ ރައްކާތެރިކަމެއްކަމަށް ފަނޑިޔާރަށް ނުފެނުން. | |||||
| 4. | ބުނެވިދިޔަ ޙާލަތުގެ ސަބަބުން ކައިވެނި ކުރުމަށް ހުށަހަޅާ ދެފަރާތުންމެ، ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ކައިވެނިކޮށް ދިނުމަށް އެދުން. | |||||
| 5. | ކައިވެނިކޮށް ދިނުމަށް ހުށަހަޅާ ރަށުގައި ފަނޑިޔާރަކު، ޝަރުޢީ މައުޛޫނަކުނެތި އަދި އެރަށަށް ފަނޑިޔާރަކަށް ދަތުރު ކުރެވެން ނެތުން. | |||||
| (ށ) | ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޮށްދޭ ކައިވެނިތަކުގެ ދަފްތަރެއް ވަކިން ބަލަހައްޓަންވާނެއެވެ. އަދި މި ކައިވެނިތަކާ ގުޅިގެން ކޮށްފައިވާ މުޢާމަލާތްތައް ކޮށްފައިވަނީ މީސްމީޑިއާއިންނަމަ، ފޯނުގެ ސްކްރީން ޝޮޓް އަދި އީމެއިލުންނަމަ، އީމެއިލްގެ ޕްރިންޓް ފައިލްކުރަންވާނެއެވެ. | |||||
(ނ) | ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޮށްދޭ ކައިވެނީގެ މަޖިލީހުގައި ބައިވެރިވާން ވާނީ ކޯޓުން ހުއްދަ ދޭ ފަރާތްތަކުން އެކަންޏެއެވެ. އަދި މިފަރާތްތައް ތިބީ ކޯޓެއްގައި ނޫން ކަމުގައި ވިޔަސް އެފަރާތްތަކުގެ ޢަމަލުތައް ބަހައްޓަންވާނީ ކޯޓުގެ ޙުރުމަތް ނުގެއްލޭ ފަދަ ގޮތަކަށެވެ. | ||||||
| |||||||
ކައިވެނިކޮށް ދިނުމުގެ ކުރިން ކަށަވަރު ކުރަންޖެހޭ ކަންކަން | 11. | (ހ) | ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނީގެ މަޖިލިސް ބޭއްވުމުގެ ކުރިން، ކައިވެނިވާ ދެފަރާތާއި ވަލީވެރިޔާ އަދި ދެހެކީން، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނީގެ މަޖިލިސް ކުރިއަށް ގެންދިއުމާގުޅޭ އިޤްރާރުގައި ސޮއިކޮށް ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތީން ކޯޓަށް ފޮނުވަންވާނެއެވެ.މި އިޤްރާރުގެ ނަމޫނާ ޖަދުވަލު 02 ގައި އެވަނީއެވެ. | ||||
| (ށ) | ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި ކޮށްދިނުމަށް ނިންމައިފިނަމަ، އެކަން، ކައިވެނިވާ ދެފަރާތަށާއި ވަލީވެރިޔާއަށާއި އަދި ކައިވެނީގެ ދެހެކީންނަށްގުޅައި އަންގަންވާނެއެވެ. އަދި ކައިވެނީގެ މަޖިލިސް ކުރިއަށް ދާނެ ގޮތާއި އެފަރާތްތަކުން ޢަމަލު ކުރަންޖެހޭނެ ގޮތް ކިޔައިދޭންވާނެއެވެ. އަދި މިކަންކަން އެކުލެވޭ ލިޔުމެން ކައިވެނިވާ ދެ ފަރާތުން އެދޭ ވަޞީލަތެއް މެދުވެރިކޮށް އެދެފަރާތަށް ފޯރުކޮށްދޭން ވާނެއެވެ. | |||||
| (ނ) | ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށްދިނުމުގެ ކުރިން، ކައިވެނިވުމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ މަޢޫލޫމާތު ސާފުކުރުމަށްޓަކައި ވީޑިއޯ ކޮންފަރެންސް ބައްދަލުވުމެއް ބާއްވަންވާނެއެވެ. އަދި މިބައްދަލުވުމުގައި ކައިވެންޏަށް ހޭލުންތެރި ކުރުމާގުޅޭ ގޮތުން ކޯޓުން ކުރިއަށް ގެންދާ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދެވިދާނެއެވެ. | |||||
| |||||||
ކައިވެނީގެ މަޖިލިސް ކުރިއަށް ގެންދިއުން | 12. | ކައިވެނީގެ މަޖިލިސް ކުރިއަށް ގެންދަންވަނީ އަންނަނިވި ގޮތުގެ މަތީންނެވެ. | |||||
(ހ) | ކައިވެނީގެ މަޖިލިސް ބޭއްވުމަށް ކަނޑައެޅިފައިވާ ވަގުތުގެ 20 މިނެޓު ކުރިން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށް ދިނުމަށް ކޯޓުން ކަނޑައަޅާފައިވާ ޕްލެޓްފޯމަށް ޝަރުޢީ މައުޛޫނާއި ކައިވެންޏާއި ގުޅޭ އެންމެހައި ފަރާތްތައް ޙާޟިރުވާން ވާނެއެވެ. | ||||||
(ށ) | ކައިވެނީގެ މަޖިލީހަށް ކޮންމެހެން ޙާޟިރުވާންޖެހޭ ފަރާތްތައް ޙާޟިރުވެ ތިބިކަން ކައިވެނިކޮށްދޭ ޝަރުޢީ މައުޛޫނު ކަށަވަރު ކުރަންވާނެއެވެ. އަދި ޙާޟިރުވެތިބިކަން ލިޔެކިޔުމުން ކަށަވަރުކޮށް މަޙްޟަރު ކުރުމަށްޓަކައި ކޯޓުން އެފަރާތްތަކަށް ފޮނުވާ ކައިވެނީގެ ޙާޟިރީގައި ސޮއިކުރުމަށްފަހު، ކޯޓުން ކަނޑައަޅާ ވަޞީލަތެއް މެދުވެރިކޮށް ކޯޓަށް އެވަގުތު ފޮނުވަންވާނެއެވެ. | ||||||
| (ނ) | ކައިވެނީގެ މަޖިލީހަށް ޙާޟިރުވާންޖެހޭ އެންމެހައި ފަރާތްތަކަށް އަޑާއި މަންޒަރު ސާފުކޮށް ލިބެމުންދާކަން މައުޛޫނު ކަށަވަރު ކުރަންވާނެއެވެ. | |||||
| (ރ) | ކައިވެނީގެ މަޖިލީހުގެ ވަގުތު ޖެހުމުން، ޢާއްމު އުޞޫލުން ކައިވެނީގެ މަޖްލިސް ފަށައި، އެކައިވެންޏާ ބެހޭ މަޢުލޫމާތު އިއްވައި ވަލީއާ ޙަވާލުވާންޖެހޭނަމަ ވަލީއާ ޙަވާލުވާންވާނެއެވެ. | |||||
| (ބ) | ޝަރުޢީ މައުޛޫނު، ކައިވެނީގެ ޚުޠުބާ ކިޔައި، ކައިވެނި އަޤުދުކޮށް ދިނުމުން ކައިވެނިވާ ފިރިހެނާ އަނބި ބަލައިގަނެ ބުނާ ޢިބާރާތް އަޑު އަހައި އަދި އެއަޑު އިވުނުތޯ ކައިވެނީގެ ހެކީންނާ ސުވާލުކޮށް ކަށަވަރު ކުރަންވާނެއެވެ. | |||||
| (ޅ) | ޝަރުޢީ މައުޛޫނު، ކައިވެނިވާ ދެފަރާތަށް ހެޔޮ ދުޢާކުރުމަށްފަހު ކައިވެނީގެ މަޖިލިސް ނިންމާލުމުގެ ކުރިން އެމަޖިލީހުގައި ހިނގައިދިޔަ ކަންކަން އެމަޖިލީހުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ސާފުވިކަން ކަށަވަރު ކުރަންވާނެއެވެ. | |||||
| |||||||
ކައިވެންޏާ ގުޅިގެން ކުރަންޖެހޭ މުޢާމަލާތްތައް | 13. | (ހ) | ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޮށްދޭ ކައިވެނިތަކާގުޅިގެން މުޢާމަލާތް ކުރަންޖެހޭ ފަރާތްތަކާއި މުޢާމަލާތުކުރާނީ އެފަރާތްތަކުން ކޯޓަށް ދީފައިވާ މޯބައިލް ނަންބަރަށާއި އަދި އެނަންބަރުތަކުގައި ރަޖިސްޓްރީކޮށްފައިވާ މީސްމީޑިއާ ނުވަތަ ދީފައިވާ އީމެއިލް މެދުވެރިކޮށެވެ. | ||||
(ށ) | މިގޮތަށް ކޮށްދޭ ކައިވެނިވާ ފަރާތްތަކަށް ދޭ ސެޓިފިކެޓްގެ ބަދަލުގައި ކައިވެންޏާގުޅޭ އަސާސީ މަޢުލޫމާތު ހިމެނޭ ވަގުތީ ލިޔުމެއް، ކައިވެނީގެ ދެފަރާތުގެ އީމެއިލްއަށް ނުވަތަ މީސް މީޑިއާއަށް ފޮނުވަންވާނެއެވެ. މި ލިޔުމުގެ ނަމޫނާ ޖަދުވަލު 01 ގައި އެވަނީއެވެ. | ||||||
| (ނ) | ކޯޓުން ކަނޑައަޅާ ގޮތެއްގެ މަތިން ކައިވެނީގެ އަޞްލު ސެޓްފިކެޓް ކައިވެނިވީ ދެފަރާތަށް ދޫކޮށް، ކައިވެނީގެ މައި ދަފުތަރުގައި އެކައިވެނި ހިމެނެމުން، ކުރިން ދޫކުރި ވަގުތީ ލިއުން ބާޠިލުވާނެއެވެ. | |||||
| |||||||
އޯޑިއޯ ނުވަތަ ވީޑިއޯ ކޮންފަރެންސިން އިޚްތިޔާރު ކުރުންމާއި ބޭނުން ކުރާނެ ސޮފްޓްވެއަރ | 14. | (ހ) | މިއުޞޫލުގެ ދަށުން ބާއްވާ ކޮންމެ އަޑު އެހުމެއްވެސް، ކުރިއަށް ގެންދިއުމަށް އިސްކަން ދޭންވާނީ ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށެވެ. ނަމަވެސް، ބަޔާން ނެގުން ފަދަ ކަންކަން ކުރުމަށާއި އަދި ވީޑިއޯ ކޮންފަރެންސިންގ ޤާއިމު ކުރެވެން ނެތްނަމަ، އޯޑިއޯ ކޮންފަރެންސް ބޭނުންކުރުން މިއުޞޫލު ހުރަހެއް ނާޅައެވެ. | ||||
| (ށ) | މިއުޞޫލުގެ ދަށުން ޝަރީޢަތްތަކާއި ކައިވެނީގެ މަޖިލިސް އަދި އެހެނިހެން ކަންކަން ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންކުރާނީ "ލައިފްސައިޒް" ނުވަތަ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅާ ސޮފްޓްވެއަރ އެކެވެ. | |||||
| (ނ) | ހަމައެކަނި އޯޑިއޯ މެދުވެރިކޮށް ޝަރީޢަތް ކުރިއަށް ގެންދާނަމަ ނުވަތަ ބަޔާން ނަގާނަމަ، ކޯޓުގެ ފޯނުން ކޮންފަރެންސް ކޮށްގެން ކުރިއަށް ގެންދެވިދާނެއެވެ. | |||||
| |||||||
ކަށަވަރު ކުރަންޖެހޭ ކަންކަން | 15. | މިއުޞޫލުގައި ކަށަވަރު ކުރަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ކަންކަން ޚާޞިލު ކުރުމަށްޓަކައި އަންނަނިވި ގޮތްތައް އިޚްތިޔާރު ކުރެވިދާނެއެވެ. | |||||
| (ހ) | ޝަރީޢަތުގެ މަޖިލީހުގައި ވީޑިއޯ މެދުވެރިކޮށް ބައިވެރިވާ ފަރާތް ބައިވެރިވަނީ ކޯޓަކަށް ޙާޟިރުވެގެން ކަމަށްވާނަމަ، އޭނާ ޙާޟިރުވާ ކޯޓަށް އޭނާގެ މަޢުލޫމާތު ފޮނުވައި، އެމަޢުލޫމާތާއި ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވާ މީހާ ގެންނަ ފޮޓޯ ޖެހި ރަސްމީ ލިޔުމުގައިވާ މަޢުލޫމާތު ކޯޓުގެ މުވައްޒަފަކު މެދުވެރިކޮށް އަޅައިބަލައި ޙާޟިރީގައި ސޮއި ކުރުން. | |||||
(ށ) | ޝަރީޢަތުގެ މަޖިލީހުގައި ވީޑިއޯ މެދުވެރިކޮށް ބައިވެރިވާ ފަރާތް ބައިވެރިވަނީ ކޯޓަށް ޙާޟިރު ނުވެ ކަމަށްވާނަމަ، ޝަރީޢަތުގެ މަޖިލިސް ފެށުމުގެ ކުރިން، އޭނާއާބެހޭ ގޮތުން ކޯޓަށް ލިބިފައިވާ އަސާސީ މަޢުލޫމާތު (ފުރިހަމަ ނަން، ޢާއްމު ނަން، ދިރިއުޅޭ އެޑްރެސް، އުފަން ތާރީޚު، ދރއ. ނަންބަރު) އޭނާ ގާތު އެހުމުން ދޭ ޖަވާބާއި ކޯޓަށް ލިބިފައިވާ މަޢުލޫމާތާއި އަޅައިބެލުން އަދި މިގޮތުން ކުރާ ސުވާލާއި، ސުވާލު ރައްދުވާ ފަރާތުން ދޭ ޖަވާބު މަޙްޟަރު ކުރުން. | ||||||
| (ނ) | ޝަރީޢަތުގެ މަޖިލީހުގައި އޯޑިއޯ މެދުވެރިކޮށް ބައިވެރިވާ ފަރާތް ބައިވެރިވަނީ ކޯޓަކަށް ޙާޟިރުވެގެން ކަމަށްވާނަމަ، އޭނާ ޙާޟިރުވާ ކޯޓަށް އޭނާގެ މަޢުލޫމާތު ފޮނުވައި، އެމަޢުލޫމާތާއި ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވާ މީހާ ގެންނަ ފޮޓޯ ޖެހި ރަސްމީ ލިޔުމުގައިވާ މަޢުލޫމާތު ކޯޓުގެ މުވައްޒަފަކު މެދުވެރިކޮށް އަޅައިބަލައި ޙާޟިރީގައި ސޮއި ކުރުން. | |||||
| (ރ) | ޝަރީޢަތުގެ މަޖިލީހުގައި އޯޑިއޯ މެދުވެރިކޮށް ބައިވެރިވާ ފަރާތް ބައިވެރިވަނީ، ކޯޓަށް ޙާޟިރު ނުވެ ކަމަށްވާނަމަ، ޝަރީޢަތުގެ މަޖިލިސް ފެށުމުގެ ކުރިން، އޭނާއާބެހޭ ގޮތުން ކޯޓަށް ލިބިފައިވާ އަސާސީ މަޢުލޫމާތު (ފުރިހަމަ ނަން، ޢާއްމު ނަން، ދިރިއުޅޭ އެޑްރެސް، އުފަން ތާރީޚު، ދރއ. ނަންބަރު) އޭނާ ގާތު އެހުމުން ދޭ ޖަވާބާއި ކޯޓަށް ލިބިފައިވަ މަޢުލޫމާތާއި އަޅައިބެލުން އަދި މިގޮތުން ކުރާ ސުވާލާއި، ސުވާލު ރައްދުވާ ފަރާތުން ދޭ ޖަވާބު މަޙްޟަރު ކުރުން. | |||||
| (ބ) | މައްސަލައިގެ އެންމެހާ ޚަޞްމުންނަށާއި ވަކީލުންނަށް ޝަރީޢަތުގެ އަޑާއި މަންޒަރު ނުވަތަ އަޑު ލިބޭކަން ކަށަވަރު ކުރުމަށްޓަކައި ޝަރީޢަތުގެ އަޑުއެހުން ފެށުމުގެ ކުރިންއެންމެހާ ފަރާތްތަކާއި ސުވާލުކޮށް،އަޑު ނުވަތަ މަންޒަރާއި އަޑު ސާފުކޮށް ލިބޭކަމަށް ބުނާނަމަ އެކަން މަޙްޟަރު ކުރުން | |||||
| (ޅ) | ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފަރާތަކީ އެއްވެސް ފަރާތެއްގެ މަޖުބޫރީ އެއްނެތި ވާހަކަ ދައްކާ ފަރާތެއްކަން ކަށަވަރު ކުރުމަށްޓަކައި، އެފަރާތެއް ވާހަކަ ދައްކަން ފެށުމުގެ ކުރިން، އެއްވެސް މަޖުބޫރީ އެއް އޮތް ތޯ ސުވާލު ކުރުމަށްފަހު ދޭ ޖަވާބު މަޙްޟަރު ކުރުން އަދި ޝަރީޢަތުގައި ވާހަކަ ދައްކާ ފަރާތެއް އެވަގުތު ހުރި ތަނުގެ ސަބަބުން ހިނގަމުން ދާ މައްސަލާގައި މިނިވަންކޮށް ވާހަކަ ދެއްކެން ނެތްކަމަށް ކޯޓަށް ފާހަގަވާނަމަ އެކަން ރިކޯޑް ކޮށް އަޑު އެހުން ހުއްޓާލުން. މިސާލަކަށް: ގެވެށި އަނިޔާގެ މައްސަލާއެއްގައި ޝަރީޢަތުގެ މަޖިލީހުގައި ބައިވެރިވަނީ، އަނިޔާދިން ކަމަށް ތުހުމަތުކުރެވޭ ފަރާތުގެ ހިޔާވަހިކަމުގެ ދަށުގައި ހުރެގެން ކަމަށް ވާނަމަ އަޑުއެހުން ކުރިއަށް ނުގެންދިއުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެން ވެއެވެ. | |||||
(ކ) | މައްސަލައިގެ ޚަޞްމަކާއި އޭނާގެ ވަކީލު، އަޑުއެހުމުގައި ބައިވެރިވަނީ، ދެތަނެއްގައި ތިބެގެން ކަމަށްވުމުގެ ފުރުޞަތު އޮތުމާއެކު، އެދެފަރާތަށް ބައްދަލު ކުރުމުގެ ފުރުޞަތު ލިބިފައިވާކަން ކަށަވަރު ކުރުމަށްޓަކައި، އެފުރުޞަތު ލިބުނުތޯ ޙަޞްމާއި ސުވާލު ކުރުމާއި، ނުލިބޭކަމަށް ވާނަމަ، އަޑު އެހުން ފެށުމުގެ ކުރިން، މުވައްކިލަށާއި ވަކީލު ވަކީން ބައްދަލު ކުރުމަށްޓަކައި ފަނޑިޔާރަށް ފެންނަ ވަގުތެއް ދިނުމާއި، އަދި އަޑުއެހުން ކުރިއަށް ދަނިކޮށްވެސް ވަކިން ބައްދަލުވުމަށް އެދެވިދާނެކަން އަޑުއެހުން ފެށުމުގެ ކުރިން އެނގުން. | ||||||
| (އ) | ކައިވެނީގެ މަޖިލީހުގެ ޙާޟީރީ ކަށަވަރު ކުރުމަށްޓަކައި، ހާޟިރީގައި ސޮއިކޮށް ފޮނުވުމުގެ އިތުރުން، ކައިވެނިވާ ދެމީހުންނާއި، ވަލީވެރިޔާއާއި ދެހެކީންކުރެ ކޮންމެ މީހަކުވެސް ކައިވެނީގެ މަޖިލިސް ފެށުމުގެ ކުރިން، އެމީހެއްގެ ފުރިހަމަ ނަމާއި، ޢާއްމު ނަމާއި، ދރއ. ކާޑު ނަންބަރާއި، އުފަންތާރީޚާއި ދާއިމީ އެޑްރެސް ބުނުމަށް އެންގުން. | |||||
| (ވ) | ކައިވެނީގެ މަޖިލީހުގެ ބައިވެރީންނަށް މަންޒަރާއި އަޑު ރަނގަޅަށް ލިބޭތޯ ސުވާލު ކުރުން. | |||||
| (މ) | ކައިވެނި ކޮށްދިނުމާއެކު، ކައިވެނިވާ ފިރިހެނާ އަނބި ބަލައިގަނެ ބުނާ ޢިބާރާތް ދެހެކީންނާއި ވަލީވެރިޔާއަށް އަޑުއިވުނު ތޯ ސުވާލު ކުރުން. | |||||
| |||||||
މިއުޞޫލުގައި ބުނެފައިނުވާ ކަމެއް ދިމާވުން | 15. | މިއޫޞުލުގައި ނެތްކަމެއް ދިމާވެއްޖެނަމަ އެކަމާމެދު ޢަމަލު ކުރާނެ ގޮތް ކަނޑައަޅާނީ ކޯޓު ހިންގުމާ ޙަވާލުވެހުރި ފަނޑިޔާރެވެ. | |||||
| |||||||
ޢަމަލުކުރުން | 16. | މިއުޞޫލަށް ޢަމަލުކުރާނީ، މިއުޞޫލު ޢާއްމުކުރާ ދުވަހުން ފެށިގެން، މިއުޞޫލަށް ޢަމަލުކުރުން ނިމުމަކަށް ގެނެވިއްޖެކަމަށް ކޯޓުން ޢާއްމުކުރާ ދުވަހާ ހަމައަށެވެ. | |||||